Tuesday, March 10, 2020

Ragalhu bayaku hovigen noonee natheejaeh nufennaane.





ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅުތަކުގެ ކައުންސިލްތަކަށް ކުރިމަތި ލާންވާނީ ވަކި ފިކުރެއްގެ މީހަކަށް ތިމާ ވާތީއެއް ނޫނެވެ. ނޫނީ ތިމާ ތާއީދުކުރާ ފިކުރަކުން ތިމާ އިންތިހާބުކޮށް ހޮވާފާނެތީ އެކަމުން ތިމާއަށް ލިބޭނެ މަންފާއަކަށް ބަލައިގެންވެސް ނޫނެވެ.

ކައުންސިލްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ހަމައެކަނި މަގުސަދަކަށް ވާންވާނީ ރަށާއި އަތޮޅަށް ކުރިއެރުން ގެނެސްދީ ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަން ހޯދައި ދިނުމާއެކު ގާނޫނުތަކާ އެއްގޮތަށް ކައުންސިލް ހިންގުމެވެ.

ކައުންސިލެއް ހިންގުމުގެ އެންމެ މުހިއްމު މައި ސޯބަކީ އެކައުންސިލެއް ތަމްސީލްކުރާ ރައީސެކެވެ. އަދި ހަމަ އެހެންމެ އޭނާގެ ދަށުގައި ލީޑަރުންގެ ގޮތުގައި ތިއްބަވާ ކައުންސިލަރުންނާއި ޓީމްގައި ހިމެނޭ މުވައްޒަފުންނެވެ. އެހެންކަމުން އެންމެ ހަލުވިކޮށް ހިންގަންޖެހޭ މައި ސޯބަކީ ކުޑަމިން މެނޭޖްމަންޓް ދަންނަ މީހަކަށް ވެގެން ނޫނީ މިދެންނެވި މަފްހޫމް ފުރިހަމައެއް ނުކުރެވޭނެއެވެ.

ކޮންމެއަކަސް މީހާ ހުންނަގޮތަކުން ނޫނީ މީހާ އުޅޭގޮތަކުން މިފަދަ ހިންގުންތެރިން ދަނެގަތުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. އެގޭނީ ވަކަރަށް ޖެހީމައެވެ. ވޭތުވެދިޔަ ދައުރުތަކަށް ބަލާއިރު މާކަބޮޑު ނަޖީޖާއެއް ގިނަ ކައުންސިލްތަކުން ނެރެދެވިފައެއް ނެތެވެ. ނަމަވެސް ކުރިއަށްދިޔަ ކައުންސިލްތައްވެސް އެބަހުއްޓެވެ.

ދަންނަވަން މިއުޅެނީ ކޮންމެ ފިކުރަކަށް ވިޔަސް ނުވަތަ އަމިއްލަގޮތުން ވިޔަސް ރައްޔިތުންގެ މައްޗަށް އަމުރުމައުރޫފު ހިންގޭފަދަ މަގާމް ހަވާލުކުރަންވާނީ އެކަމަށް އެކަށީގެންވާ ފަރާތްތަކާއެވެ. އޭރުން ކާމިޔާބު ވާނީ ރައްޔިތުންނަށެވެ. އެހެންނޫނީ ފެއިލްވާނީ ރައްޔިތުންނެވެ.