Bollywood


ކަރީނާ ބަލިވެ އިންކަން ފުރަތަމަ ބުނީ ފިރިމީހާ ކައިރީގައި


ކަރީނާ ބަލިވެ އިންކަން ފުރަތަމަ ވެސް ބުނީ ފިރިމީހާ ސައިފް އަލީ ހާން ކައިރި ކަމަށް ކަރީނާ ބުނެފި އެވެ.  ކަރީނާގެ ކުރިއަށް އޮތް ފިލްމުގައި އޭނާ ބަނޑުބޮޑު މީހެއްގެ ރޯލުން ފެނިގެން ދާއިރު ފިލްމުގެ ޕްރޮމޯޝަނަލް ވީޑިއޯއެއްގައި އޭނާ ވަނީ އޭނާ ބަނޑުބޮޑުވި ދުވަސްކޮޅާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން ކަރީނާ ބުނީ އޭނާ އަށް ބަނޑުބޮޑުކަން އެނގުމުން ފުރަތަމަ ވެސް އެ ވާހަކަ ބުނީ އޭނާގެ ފިރިމީހާ ކައިރީގައި ކަމަށެވެ. އަދި ބަނޑުބޮޑުކަން އެނގުމުން ވަރަށް އުފާވި ކަމަށާއި އެއީ އޭނާ ވަރަށް ބޭނުންވެފައި ހުރި ކަމެއް ކަމަށް ވެސް ކަރީނާ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ދަރިއަކު ބޭނުންވެގެން އުޅޭ ކޮންމެ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އެއީ ކަމަށް ވެސް ކަރީނާ ވަނީ ބުނެފަ އެވެ.

ކަރީނާ އާއި ސައިފް އަލީ ހާން ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ދަރިއަކު ލިބިފައި ވަނީ 2016 ވަނަ އަހަރު އެވެ. ތައިމޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ވީރޭ ދި ވެޑިން" އިންނެވެ. ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ ކަރީނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހީރޯއިން" އާއި "ޖަބް ވީ މެޓް" އާއި "3 އީޑިއަޓްސް" އާއި "ޑޯން" އަދި "ރާވަން" ހިމެނެ އެވެ.