Lhen

ކޮކަޑި ކޭ މީދަލުގެ އުނދަގޫ



މީދަލެއް ކައިގެން ކޮކަޑި ގަދަ ވެއްޖެނަމަ ދޭނީ ލަނޑޭ
މީހުނަށްދީ ދުއްތުރާ ގެދޮރާ މުދާ ކުރާނީ ގޮނޑޭ

މޫސުމަށް ނުބަލައި ކޮކަޑި ލީނަމަ ގެޔާ ރުއްގަސް ތެރަށް
ފޫނުބެދޭ ވަރުގެ ގެއްލުން ދޭކަމަށް އިވެނީ އަޑޭ

އާދަކޮށް ކެވުމުން ކޮކަޑި ދުވެފާ ދެޔޭ ތޮފަޅާތަކަށް
ސާފު ވާރޭފެން އެސޮރު ބޮއިގެން އަބަދު ލާނީ ހޮޑޭ

ފެން ލިބިއްޖެއްޔާ އެސޮރު ގަދަވާތަނުން ހަމަލާ ދެޔޭ
ދެން އެއަށްފަހު ކޮކަޑި ލީ ބަޔަކަށް ދެނީ ހައްތާ ލަނޑޭ

ތަންތަނަށް ވަދެ އޮވެފިލާ އަނގަ އޮރިކުރާލެއް ގިނަކަމުން
ދަންވަރަށް ނުނިދޭވަރަށް އިވެނީ އަބަދު ބާރަށް އަޑޭ