ކުޑަކުދިންނަށް ފޮތްކިޔައިދީ ވާހަކަ ދެއްކުމުން ކާމިޔާބުވޭ
ތުއްތު ކުދިންނަށް ފޮތް ކިޔައިދީ
އަދި އެ ކުދިންނާ ވާހަކަ ދެއްކުމުގައި ގިނަ ވަގުތު ހޭދަކުރާ ނަމަ އެ ކުދިން ސްކޫލްގައި، ކިޔެވުމަށް ރަނގަޅު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދިރާސާގެ ނަތީޖާއިން ދެއްކީ
ކުދިންނަށް ގޭގައި ގިނައިން ފޮތް ކިޔައިދީ އަދި އެ ކުދިންނާ ވާހަކަ ދެއްކުމަށް ގިނަ ވަގުތު ހޭދަކުރި
ވަރަކަށް ކުދިންގެ ވިސްނުން ތޫނުކަމާއި
ހުނަރުވެރިކަން އިތުރުވާ ކަމަށެވެ. އެގޮތުން ކުދިންގެ ކިބައިން މިކަން ފެންނަން ފަށާނީ މެދު މަދަރުސީ ތައުލީމާ
ހިސާބުން ކަމަށް ދިރާސާގައި ބުންޏެވެ.
"ދަރިންނާ ވާހަކަ ދެއްކުމުގެ
މުހިންމުކަން ބެލެނިވެރިންނަށް އެނގެން އެބަ ޖެހޭ. ކިތަންމެ ކުޑަ ކުއްޖަކަށް ވިޔަސް އެ ކުއްޖަކާ މުއާމަލާތް ކުރަންޖެހޭނެ. އެއީ ކޮންމެހެން ވާހަކަ ދެއްކުން ކަމަށް
ނުވިޔަސް ކިތަންމެ ކުޑަ ކުއްޖާއާ ވެސް
މުއާމަލާތުކުރަން ޖެހޭނެ،" ގިލްކާސަން ވިދާޅުވެފައިވެ އެވެ.
މިގޮތަށް ގިނައިން މުއާމަލާތްކުރާ ކުދިންގެ ކިބައިން އެކަން ކުރުމުގެ ރަނގަޅު ނަތީޖާ ފެންނަން ފަށަން
18-24 މަސް ދުވަސް ހޭދަވެދާނެ ކަމަށް ވެސް އެ
ދިރާސާގައިވެ އެވެ.