Tuesday, February 28, 2017

Malehgai vihyya vaheh hunnaane

މަލެއްގަވިއްޔާ ވަހެއް ހުންނާނެ



މަލެއްގައިވިއްޔާ ވަހެއް ހުންނާނެއެވެ. ކޮންމެ މަލެއްވެސް އޭގައި އެކުލެވިފައިވާ ވަހަކީ ގުދުރަތުން އެމަލަކަށް ލައްވާފައިވާ ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެކެވެ. އެހެނީ ވަހެއްނެތް މަލެއް ހުރުމަކީ ވަރަށް ނާދިރުކަމެކެވެ. މާމަލުގެ ތެރޭގައި މީރުވަހާއި އެމީހަކަށް ނުބައިވަސްކަމަށް ބަލައިގަނެވޭކަހަލަ ވަސް ހުންނަ މާ ހިމެނެއެވެ. އެހެންކަމުން ވަހެއްނެތް މަލެކޭ ބުނުމުގެ ފުރުސަތު ވަރަށް ނޯންނާނެއެވެ. 

ކިތަންމެ ރީތި މަލެއްގައިވެސް ކަމުނުދާ ވަހެއް ހުރެދާނެއެވެ. އެހެންނަމަވެސް ހުރިހާ މަލަކީ ފިނިފެންމަލަކަށް ނުވާނެއެވެ.

ފިނިފެންމަލަކީ ވަރަށް ނިކަމެތި ގަހަކުން އުފެދޭ ވަރަށް މީރުވަސްދުވާ މަލެކެވެ. އެމަލަކަށްޓަކައި އިންސާނުން ފަޚުރުވެރިވާ އަދި ލޯބީގެ ގުލްޒާރުތަކުގައި އަގުބޮޑުކޮށް ވިކެމުންދާ މިމަލަކީ އިންސާނުން ނުހަނު ދެކޭހިތްވާ އެހާމެ ބޭނުންތެރި މަލެކެވެ. ޒުވާން އަންހެންކުދިން އެމަލަކަށްޓަކައި ފެންބޮވައިގެންފައިވާ މަލަކީ ފިނިފެންމަލެވެ.

 ނުބައިވަސްދުވާ މާތަކުގެ ތެރޭގައި ފަރުމަސް ބަގީޗާގަހުގައި އަންނަ މާ ހިމެނެއެވެ. މިވައްތަރުގެ މާނޫނަސް ބައެއް މާމަލުގައި ހުންނަ ވަހަކީ ހުރިހާ މީހުންނަށް ކަމުދާ ވަހަކަށް ނުވެހިގައިދާނެއެވެ. އެހެންނަމަވެސް ކޮންމެ މަލެއްގައިވެސް ކޮންމެވެސް ވަހެއް ހުންނާނެއެވެ.