ތަދުނުވާގޮތަށް ވިއްސުމުގެ ހިދުމަތް ރާއްޖޭގައި
![]() |
ތަދު ނުވާ
ގޮތަށް ވިއްސުން ނުވަތަ ޕެއިންލެސް ލޭބާގެ ހިދުމަތް ރާއްޖެއިން މިހާރު
ލިބެންފަށާފައި ވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ތަދުނުވާ ގޮތަކަށް ފުރަތަމަ
ފަހަރަށް ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލް އޭޑީކޭގައި އިއްޔެ ވަނީ މީހަކު ވިއްސާފަ
އެވެ.
އެ ހިދުމަތާ
ގުޅޭގޮތުން ވާހަކަ ދައްކަވަމުން،
އޭޑީކޭގެ
ހޭނައްތާ ޑޮކްޓަރު، ދުސޫމާ އަބްދުއްރައްޒާގު ވިދާޅުވީ މަންމަ ވިހަން
ތައްޔާރުވުމުން، ބުރަކައްޓަށް އިންޖެކްޝަނެއް ޖަހައި، ކެތީޓާއެއް ލެއްވުމަށް ފަހު ބޭސް ދީގެން ތަދުނުވާ ގޮތް ހަދާނެ ކަމަށެވެ. އެހެންވެ، ވިހެއުމުގެ
ވޭންވަރު އަޔަސް، އެއްވެސް ތަދެއް ނެތި
މަންމައަށް
ވިހެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމަ ނޯމަލް ޑެލިވަރީއެއް. އެއްވެސް ތަދެއް ނެތް ނަމަވެސް ދަރިފުޅު
ޕުޝްކުރާހާ ބާރު މަންމަގެ ހުންނާނެ. ކޮންޓްރެކްޝަން
އަންނާނެ. އަދި ބޭބީއަށް ގެއްލުން ނުވާ، ވަރަށް ސޭފް ގޮތެއް މިއީ،" އޭޑީކޭގައި މި ހިދުމަތް ދެއްވާ ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. ދުސޫމާ
ވިދާޅުވީ ވިހެއުމާ ހަމައަށް،
ދަރިފުޅުގެ
ހިތުގެ ތެޅުމާއި ހުރިހާ ކަމެއް ޑޮކްޓަރުން މޮނީޓާ ކުރާނެ ކަމަށާއި އޮޕަރޭޝަން ނުކޮށް، ވިއްސޭތޯ ޑޮކްޓަރުން މަސައްކަތް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި
ގޮތުގައި އޭޑީކޭގައި ވަސީލަތްތައް
ހަމަވުމާއެކު މި ހިދުމަތް ފެށުމަށް ޕްލޭން ކުރާތާ މިހާރު ދެ މަސްވެއްޖެ އެވެ. އެކަމަކު އިއްޔެ ހިދުމަތް ފެށީ، އެކަމަށް ޕޭޝަންޓަކު އެދުމުން ކަމަށެވެ.
'' މަޢުލޫމާތު
މިހާރު ނޫސް "