ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދީފައިވަނީ ފްލެޓްތައް ލިބެންވާ އެންމެ ހައްގުވެރިންނަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އަނެއްބަޔަކު ބުނަމުންދަނީ ފްލެޓްތައް ދިންގޮތް އެހާ ރަގަޅު ނޫންކަމަށެވެ. ސަބަބެއްކަމަށް ގިނަމީހުން ތުހުމަތު ކުރަނީ ރަށުގެ ބިމުން މީގެކުރިން ގޯތި ލިބިފައިވާ ފަރާތްތަކަށްވެސް އެންމެފަހުން ފްލެޓް ދޫކުރިއިރު ފްލެޓް ލިބިފައި ވުމެވެ.
ރަށުގެ ބިމުން ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި ހުޅަގުފަރާތު ގިރާސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދިނުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް މީން އެއްވެސް ސަބަބެެއް ނެތި ވަކި ބަޔަކަށް ބެލިގެން ފްލެޓް ދިނުމަކީ މައްސަލައެކެވެ.
ފްލެޓް ލިބުމުގެ ސަރުތުތަކުގައި ހިމެނޭ ދަރިން ލިބިފައިވާ މީހުންނަށް ލިބޭ ވަރަށް ޕޮއިންޓް ނުލިބުނަސް ދަރިންނެތް ބައެއް މީހުންނަށް ފްލެޓް ލިބުމަކީވެސް އެހާ ފެއާ ނިންމުމެއް ނޫނެވެ. އަދި އަނެއްބަޔަކު ރަށުން ލިބިފައިވާ ގޯތީގެ ވަށާފާރު ރާނާ ވަޅުބަހައްޓާ ވަކި ވަރަކަށް މަސައްކަތް ކޮށްފައިއޮއްވާ އެފަދަ ފަރާތްތަކަށް ފްލެޓް ދިނުމަކީ ރަގަޅަށް ނިންމާފައިވާ ނިންމުމެއް ނޫނެވެ.
އަދިވެސް މިނޫން އެހެން މައްސަލަތައްވެސް އެބަހުއްޓެވެ. އަމިއްލަ އިހްތިޔާރުން ގޯތި ވިއްކާލާފައިވާ ފަރާތްތަކަށް ފްލެޓް ދިނުމަކީ އިންސާފެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިސަބަބުތައް މިހެން ހުރުމުން ފްލެޓްތައް ދިނީ އެންމެ ރަގަޅަށޭ ބުނެވޭކަށް ނެތެވެ.