Wednesday, September 11, 2019

Dhaairaage membarunge masahkaiy kamudheyba ?



ޓެސްޓް ބަހުސް
_________________________________________________________________________________

ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންނަކީ ރަށްރަށް ތަރައްޤީކޮށް ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މިއީ ފެންނަންހުރި ހަގީގަތެކެވެ. ފަހަކަށްއައިސް ރަށްރަށުން ހޯދާފައިވާ ތަރައްޤީއަކީ މަޖިލިސް މެމްބަރުން މެދުވެރިވެގެން ސަރުކާރުގެ ތެރެއިން ހޯދާފައިވާ ތަރައްޤީއެކެވެ. ހަމައެހެންމެ މަޖިލީހުގެ މެމްބަރުންނަކީ ނުފޫޒުގަދަ ބައެކެވެ. ކޮންމެ ސަރުކާރަކަށްވެސް މުހިންމު ބައެކެވެ. އެހެންކަމުން ސަރުކާރުން ކަންކަން ކޮށްދޭނީ މަޖިލިސް މެމްބަރު އުޅުނު ވަރަކުންނެވެ.

މަޖިލީހުގެ މެންބަރުން ހިމެނޭ ދާއިރާތައް ތަރައްޤީވަނީ މަޖިލިސް މެމްބަރުން ސަރުކާރަށް ބާރުއަޅާ މިންވަރަކުންނެވެ. ހަމައެކަނި މިއަތޮޅަށް ބެއްޔަސް ނިމިދިޔަ ދައުރުގެ މަޖިލީހުގެ މެމްބަރުންގެ ދާއިރާތައް ކުރިއަރާފައިވަނީ އެމީހުންގެ މަސައްކަތުންނެވެ. 

ދިއްދޫ ދާއިރާއަކީ ހަމައެކަނި ދިއްދޫއަށް ނިސްބަތްވާ ދާއިރާއެކެވެ. އިތުރު އެހެންރަށަކާމެދު ވިސްނާކަށް ނުޖެހޭ ދާއިރާއެކެވެ. މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިއްދޫ ދާއިރާއަށް ވީކަމެއްނެތެވެ. އެންމެ ކުޑަމިނުން މިވެނި ކަމެކޭ މިހެންބުނާނެ ކަމެއްވެސް ނުފެނެއެވެ. އަދި މަޝްރޫއެއްގެ ވާހަކައެއްގެ އަޑެއްވެސް ނީވެއެވެ. 

މިދާއިރާއަށް ނިސްބަތްވާ މަޖިލިހުގެ މެމްބަރު މިހާރު ކޮބައިތޯ އަހާލަންވެސް އެބަޖެހެއެވެ. ސަރުކާރުގެ ތެރޭގައި އެ މެމްބަރުގެ އަޑުމަޑީ މަޑުން ހުންނަ ކުއްޖަކަށް ވާތީހެއްޔެވެ. ނޫނީ ސަރުކާރުގެ ބޮޑުންނާ ގުޅުން ނޯންނަނީ ހެއްޔެވެ. ނޫނިއްޔާ ލަދުން ކަންކަމަށް އެދެން ނުކެރެނީހެއްޔެވެ. ނިކަން ގަޓު ހުރެގެން ކަންކަމާ ކުރިމަތި ލައިގެން ރަށަށް ކުރިއެރުން ހޯދައިދޭ ހީވާގި މީހަކަށް ވާށެވެ.

އެހެން ރަށްރަށަށް ކުރިއެރުން ހޯދަމުން ދާއިރު ދިއްދޫ މެމްބަރުހޮވަން އުޅުނު މީހުން ދެނެހުރިކަމަށް ނަހަދައި ހައްޕުކިޔައިގެން ތިބެނީހެއްޔެވެ. ފައިސާދީގެން ވޯޓް ހޯދިނަމަ ކިޔާނެ އެއްޗެއްނެތެވެ. އެހެންނޫންކަމަށް ވާނަމަ ރަށަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމުގައި އިސްދައުރެއް އަދާކުރަންޖެހޭނީ މެމްބަރުން ހޮވަން ހިތްވަރު ނަގައިގެން އުޅުނު މީހުންނެވެ.