Sarukaarun dhidhdhoo meehu ladhuganuvaalun
ދިއްދުއަކީ އަބަދުވެސް އެމް.ޑީ.ޕީ ސަރުކާރާހެދި މޮޔަވާ ބަޔަކު އުޅެމުންދާ ރަށެކެވެ. ފަހަކަށް އައިސް ދިއްދޫގެ ރައްޔިތުންގެ މެޖޯރިޓީ ނަގާފައިވަނީވެސް އެމް.ޑީޕީންނެވެ. އެހެންވުމުގެ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ދިއްދޫގެ ބޮޑެތި ވިޔަފާރި ވެރިންނާއި އޮޑިވެރިންނާއި ރަށުގެ ބައެއް މަސްވެރިންނާއި މަސައްކަތްކުރާ އުމުރުގެ އެންމެހެން ކަހަލަގޮތަކަށް އެމް.ޑީޕީއަށް ކުރާ ތާއީދުގެ ބޮޑުކަމުން ކަމަށް ވެދާނެއެވެ
އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސްގެ އިންތިހާބުން ބޮޑު ތާއީދެއް ކުރީވެސް ދިއްދޫ ރައްޔިތުން އެޕް.ޑީޕީއަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ދިއްދޫގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގާ ނިމިފައި ވީނަމަވެސް އެމަނިކުފާނަކަށް ދިއްދޫން ލިބުނު ތާއީދެއް ނެތެވެ. ހަގީގަތުގައި ކުރީގެ ސަރުކާރުން ހޯދައިދިން ކުރިއެރުމުގެ ފޮނިމީރުކަން ހާސިލްކުރަނީ ހަމަ ދިއްދޫ ރައްޔިތުންނެވެ
ރައްޔިތުންގެ މަޖްލިސްގެ އިންތިހާބުވެސް ހީނުކުރާ ބޮޑުތަފާތަކުން އެމް.ޑީ.ޕީއަށް ކާމިޔާބު ހޯދައިދިނީ ދިއްދޫގެ ވިޔަފާރި ވެރިންގެ ބުރަ މަސައްކަތުންނެވެ. އެމީހުންގެ ޖާނާއި މާލުން ގުރުބާންވެގެންނެވެ. މިއީ ދިއްދޫ ރައްޔިތުން އެމްޑީޕީއަށްޓަކައި ވީގުރުބާނެވެ. މީގެ އިތުރުން ގޭގެއަށް ގޮސް ރައްޔިތުންގެ އުއްމީދުތައް ހާސްލިކުރެވޭނީ ސަރުކާރު މެމްބަރުންނަށް ވޯޓްދީގެން ކަމަށްބުނެ ވިޔަފާރިވެރިންނާއި ޒުވާނުން ހިނގިހިނގުންވެސް ހަދާންއެބަހުއްޓެވެ. ނަމަވެސް އާޚިރުގައި މިސަރުކާރުން ދިއްދޫ ރައްޔިތުން ލަދުންގަނުވާ ލައިފިއެވެ
މިހެން ނުބުނަންވީ ސަބަބެއް ނެތެވެ. ޒަމާނުއްސުރެ ދިއްދުއަކީ އަތޮޅުގެ މައި ރަށެވެ. އަތޮޅުގައި އޮތް އެންމެ އާބާދީބޮޑު ރަށެވެ. ލަފާފުރުމުގެ އެއްވެސް ދައްޗެއްނެތް އަތޮޅުގެ ހުރިހާ ރަށެއްގެ މެދަށްވާގޮތަށް އޮތްެރަށެކެވެ. ރައްޔިތުން ބޭނުންވާ ހުރިހާ ޚިދުމަތެއް މިހާރުވެސް ލިބެންހުރި ރަށެވެ. މިހުރިހާ ކަމެއް މިގޮތަށް އޮއްވައި މި ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްޤީކުރާނެ ކަމަށް ނިންމައި ރަށްރަށް ކަނޑައެޅިއިރު ހއ. އަތޮޅުން ދިއްދޫ ނުހިމެނުމަކީ ދިއްދޫ ރައްޔިތުންނަށް ކުރި މަލާމާތެކެވެ. މިކަން އިންތިހާބުތަކަށް ވޯޓް ހޯދުމަށް ގޭގެއަށް ހިނގިމީހުންނާއި ވޯޓް ދިން މީހުން ހަދާން ކުރަންޖެހޭނެއެވެ. މިފެނުނީ އެމީހުން އޮޅުވާލައިގެން ކަންކަން ފޮރުވައިގެން އުޅުމުގެ ނަތީޖާއެވެ. މިކަމުގައި މަޖިލީހުގެ މިހާރުގެ މެމްބަރު ހަމަހިމޭނުން ހުރުމަކީ އޭނަހޮވަން ދިއްދޫމީހުން ކުރި އުއްމީދުގެ ހަގީގީ މަންޒަރެއް ނޫނެވެ. ދިއްދުއަށް އޭނަގެ ލޯބި ނެތްކަން މިއިން ހާމަވެއްޖެއެވެ. އަދި އޭނައަކީ މިސަރުކާރުން މާމުހިންމު މީހަކަށް ނުދެކޭކަންވެސް ހާމަވެއްޖެއެވެ