އަމިއްލައަށް ބޮލާފޮށާ އެޅުމަކީ ކުރީޒަމާނުގައި ހުސްހަށިބައި އަންހެންކުދިން ކައިރިއަށް ރޭގަނޑު ދަންވަރު ވަންނަން ގޮސް މީހާގެ ގޮތް އެނގިދާނެތީ ގަންނަކުރައްވާ ލަދުން ކާކުކަން ނާންގަންވެގެން އަމިއްލަ މުންޑުނަގާ މޫނާއި ބޮލުގައި އަޅާއި ނިވާކުރުމަށް ކިޔާއުޅޭ ނަމެކެވެ
މިޒަމާނުގައި އަމިއްލައަށް ބޮލާފޮށާ އެޅުމަކީ ކަމެއްގައި އުޅެ އެކަމެއް ކާމިޔާބު ނުވުމުން ތިމާ އަމިއްލައަށް އެތަނަކުން ނުވަތަ ކަމަކުން ދުރަށްގޮސް ރައްކާވުމެވެ.
މޮޅަށް ކިޔަވައިގެން ހުރިކަމަށް ހީވެގެން ވެރިކަން ކުރާނަމޭހިތައި އަޔަކަސް ވެރިކަމެއް ނުކުރެވޭނެއެވެ. ތަނެއް ނުވަތަ އޮފީހެއް ހިންގުމަކީ ވަރަށްބޮޑު ޒިންމާއެކެވެ. ހިންގުމުގެ ދާއިރާއަށް މީހާ އަންނައިރު އެމީހާގެ ކިބައިގައި ހަރުދަނާ ގޮތްތަކެއް ހުންނަން ޖެހޭނެއެވެ. އޭގެ އެންމެ އިސްވާޖިބަކީ އެތަނެއްގައި ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ވުމެވެ. އެއަށް ތަބާވުމެވެ. ހަމަހަމަކާއެކު ޤާނޫނު ތަންފީޒްކުރުމެވެ.
ވެރިއެއްގެ ކިބާގައި ހުންނަން ޖެހޭނެ އަނެއްސިފަޔަކީ ކަންކަމާއި މަޝްވަރާކުރުމާއި މުވައްޒަފުންނާ މެދު ހަމަހަމަކޮށް ކަންކަން ކުރުމާއި މުވައްޒަފުންނާއި ގުޅިގެން ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރުމާއި ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ އެކަންކަން ހައްލުކުރުމާއި ތިމާ ވަޒީފާ އަދާކުރާ އެންމެމަތީ އޮފީހަކުން ވަކިގޮތަކަށް ކަމެއް ނިންމަން އަންގައިފިނަމަ އެކަމެއް އެގޮތަކަށް ނިންމުމަށް މަސައްކަތް ކުރުމުގެ ސިފައެވެ
މިދެންނެވި އެއްވެސް ސިފައެއްނެތި ކަންކަމުގައި ތިމާގެ އަމިއްލަ އެޖެންޑާއެއް ގެންގުޅެން އުޅެގެންފިނަމަ އަމިއްލައަތަށް ގޮވައިގެންނޭ ބުނާގޮތް ވެދާނެއެވެ. ގާނޫނުތަކާއި ގަވާޢިދުތަކުގެ ބޭރުން ކަންކަން ނިންމުމުގެ ދޮރު އަމިއްލައަށް ހުޅުވާލައިފިނަމަ އެ ދޮރުން ވަންނަން އެދޭމީހުން ވަރަށް ގިނަވާނެއެވެ. އަދި ކަންކަން ނިންމަން އޮންނަ އުސޫލުގެ ބޭރުން ނިންމަން ތިމާއަށް ބާރުއަޅާނެއެވެ. އެހެންކަމަށްވާނަމަ ރައްޔިތުންގެ ގިނަބައެއްގެ ނަފުރަތު ތިމާއަށް އަމާޒުވެ އަމިއްލައަށް ބޮލާފޮށާ އަޅަންޖެހިދާނެއެވެ. މިއީ ދާދިފަހުން ތަޖުރިބާ ކޮށްފައިވާ ހަގީގީ ހާދިސާއެކެވެ. އެހެންކަމުން މިއީ އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅެކެވެ.