Tuesday, March 5, 2019

Councilarehge sababun libunu badhunaamu


Dhidhdhoo council idhara

ކައުންސިލްގެ މެމްބަރުކަމަށް ރައްޔިތުން އިންތިހާބުކޮށް ރައްޔިތުންގެ ވެރިއަކަށް މީހަކު ނުވަތަ މީހުން އައްޔަންކުރަނީ ވަރަށްބޮޑު އުއްމީދެއްގައި އަދި އެހާމެ މާތް މަގުސަދެއްގައެވެ. އެއްވެސް ހާލެއްގައި މީހަކު ހުންނަގޮތުން އެމީހަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަމެއް އެކަކަށްވެސް ނޭގޭނެއެވެ. އެގޭހާވެސް ކަމަކީ އެމީހެއްގެ ތަޢުލީމީ ފަސްބައި ހުރިގޮތެވެ. 

ރައްޔިތުން އުންމީދުކުރީ ކިޔަވައިގެން ތިބި މީހުން ކައުންސިލަށް ހޮވުމަށެވެ. އެއީ އެބައިމީހުންގެ ރަށަށް ކުރިއެރުން ހޯދުމުގެ އުއްމީދުގައެވެ. ވަކިން ޚާއްސަކޮށް މާޒީގައި ވޭތުވެދިޔަ ދުވަސްތަކުން ލިބުނު އިބުރަތުގެ އަލީގައެވެ. ނަމަވެސް މިދެންނެވި ކިޔަވައިގެންތިބި މީހުން ކައުންސިލަށް އިންތިހާބުވުމުން ކުރިފުރަތަމަ ހުވަޔާއެކު ހީވީ ދެން މިވަރުގެ ކަމެއް ނެތްހެންނެވެ. 

ރަށުގެ މަގުތައް ހަދަމުން ދިޔަ ދުވަސްވަރު މަގުތަކުގެ ފަސްގަނޑުގެ އަޑިގުޑަން ހުންނާނެކަމާއި އެމަސައްކަތް ނިމުމުން މަގުތައް ފަސޭހަވާނޭކަން އެބޭފުޅުންނަށް ނޭގުނެވެ. މިކަންވެސް ބޮޑު ކަމަކަށް ހަދައިގެން ސިޔާސީ ކަމެއްގެ ގޮތުގައި އިސްޕީކަރުތަކުން އަޑުގަދަކޮށް ރަށުތެރޭގައި ޖަހަމުން ގެންދިޔައެވެ. އަދި ކޮންމެ ދުވަހަކު އޮފީހުގެ މަސައްކަތް ސަލަވާތުގެ ބަރަކާތުން ފަށައި ކައުންސިލް އިދާރައިގައި އިސްޕީކަރު ހަރުކޮށް ކީރިތި ޤުރުއާންގެ އަޑު ކޮންމެ ދުވަހަކު ހެދުނު އިއްވަމުން ގެންދިޔައެވެ. އަދި ރަށުގައި ހުކުރާ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމަށް ހަމަޖެހިފައިވާ ބޭކަލުންގެ މައުލޫމާތުވެސް އަންގައިދޭން ފެށިއެވެ. އަދި ނުވިތަކަށް ހަފުތާފެ ރޭޑިޔޯ ބާޔަންވެސް އިއްވަމުން ރަށުތެރޭގައި ދުއްވަމުން ދިޔައެވެ.

ކޮންމެއަކަސް ދުވަސްކޮޅެއްފަހުން މިބުނެވުނު ހުރިހާކަމެއް ދިޔައީ މަޑުމަޑުން ހުލިވަމުންގޮސް އަވާމެންދުރަށް ވެގެންނެވެ. އެންމެފަހުން އިވިގެން ދިޔައީ ކައުންސިލަށް ރައްޔިތުން ހޮވާފައިވާ ވެރިމީހާގެ ކިބައިގައި ހުރި ނުރަގަޅު ސިފައެއްގެ ސަބަބުން އަމިއްލަ ނަފުސު ބަދުނާމުވެ ބޭރުގެ މީޑީއާތަކަށް ރަށް ފަސީހަތްވެގެން ދިޔަތަނެވެ. އިސްލާމް ދީނާ ފުށުއަރާ ވާހަކަތައް ދައްކާ ދީނަށް ފާޑުކިޔާ މީހެއްގެ ގޮތުގައެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ރައްޔިތުންގެ ނުރުހުމުގެ އަޑުތައް ގަދަވުމުން ޖެހުނީ މަސްއޫލިއްޔަތާ އަމިއްލައަށް ދުރަށް ދާށެވެ.