ސިޔާސީ ވާދަވެރިން ހަސަދަވެރިންނަށް ވެގެން ނުވާނެ
އެމެރިކާގެ
ސެނެޓަރު ޖޯން މެކެއިންގެ ޖަނާޒާ ކުރިއަށް ދިޔައިރު އެ ހިތާމާވެރި ހަފުލާގެ ތެރެއިން ވެސް އެންމެން ހައިރާންކޮށްލި މަންޒަރަކަށް ވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު
ބުޝް، ކުރީގެ ރައީސް ބަރަކް
އޮބާމާގެ
އަނބިކަނބަލުން މިޝެލް އަށް ސިއްރުސިއްރުން މެޓައެއް ދިއްކޮށްލުމެވެ.
ކައިރީގައި
އިށީނދެވަޑައިގެން ތިއްބެވިއިރު،
ބުޝް
މެޓާ ނަންގަވައި މިޝެލް އަށް ދެއްވާއިރު ބުޝްގެ އަނބިކަނބަލުން ހިނިތުންވެ ވަޑައިގެން އިންނަވަ އެވެ.
މެޓާ ދެއްވުމުން މިޝެލް ވެސް "ތެންކް
ޔޫ"
އޭ ވިދާޅުވާކަން ވެސް ވީޑިއޯ އިން އެނގެއެވެ .
ބުޝްގެ
ދެކަނބަލުންނާއި އޮބާމާގެ ދެކަނބަލުން
ނިސްބަތްވަނީ
ވާދަވެރި ސިޔާސީ ދެ ޕާޓީއަކަށް ކަމަށް ވިޔަސް އެ ދެ އާއިލާގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަ
ކަމަށް ކުރިން ސުރެ ވެސް ވާހަކަ
ދެކެވެ
އެވެ. މެޓާ ދެއްވި ހާދިސާއިން މިކަން ޔަގީންވާ ކަމަށް ބައެއް މީހުން ބުނެ އެވެ .
ހިތާމަވެރި ހާދިސާއެއްގެ ތެރެއިން ވެސް މި ފެނުނު މަންޒަރާ އެކު ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ލޯބި ހާމަކުރި އެވެ.
މިއީ
މުސްލިމުން އެކަކު އަނެކަކަށް ދައްކަންވީ މިސާލެކެވެ. މި މިސާލު ދައްކަމުން އެދަނީ
ޣައިރު މުސްލިމުންނެވެ. މިފިލާވަޅާމެދު
ނިކަން ވިސްނާ ފިކުރުކޮށްލާށެވެ. އަޅުގަޑުމެންގެ ގައުމާ މެދުގައެވެ. އަޅުގަނޑުމެން
މިއުޅެނީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ މީހަކާ ހިނިތުންވުމާއެކު ވާހަކަ ދައްކާލާ ސައެއްބޯލަން
އެއްމޭޒްދަށަށް އަންނަންވެސް ނުކުރިގެންނެވެ. އެއީ ކީއްވެ ހަސަދަވެރިކަން ހިތުގަ
އޮންނަލެއް ބޮޑުކަމުންނެވެ.
އަޅުގަނޑުމެންގެ ގައުމުގައި ދިގު ވެރިކަމެއްކުރި
އާއިލާއާއި ވެރިކަން ކުރަމުންދާ އާއިލާއަކީ އެއް އާއިލާއެއްކަމަށް ވިޔަސް ކަންހުރީ
ހިތާމަކުރަންޖެހޭ ފަދަ ހާލަތެއްގައެވެ.
ގިނަ މީހުން ބުނަނީ ސިޔާސީ ވާދަވެރިކަމަކީ އެކުވެރިކަމާއި
ރައްޓެހި ކަމަށް އޮތް ހުރަހެއް ނޫންކަމާއި
އޮބާމާއި ބުޝްގެ ގުޅުމުން އެ މިސާލު ދައްކައިދޭ ކަމަށެވެ. ސިޔާސީ ވާދަވެރިކަމަކީ ވަގުތީ ކަމެއް ކަމަށާއި
އެކަމަކު ދޭދޭ މީހުންގެ ގުޅުން މުޅި އުމުރަށް
ދަމަހައްޓަންޖެހޭ ކަމަށް މީހުން ބުނެފައިވެ އެވެ.