Sunday, September 2, 2018

Dhidhdhoo Kunikehumah miaee konbadhaleh

ދިއްދޫ ކުނިކެހުމަށް މިއައީ ކޮންބަދަލެއް





dhidhdhoo blog

ދިއްދޫގެ ބަނދަރު ފެންނަނީ ހަޑިވަމުންދާ މަންޒަރެވެ. ގޮނޑުވަމުންދާ މަންޒަރެވެ. މިއީ ދިއްދޫ އޮންނަންވީ ސިފަހެއްޔެވެ. ދިއްދޫގެ ސާފުތާހިރުކަމަށް މިހާބޮޑު ބަދަލެއް އައިސްގެން މިއުޅެނީ ކިހިނެއް ވެގެންހެއްޔެވެ. ދިއްދޫ ސާފުތާހިރުކޮށް ބޭއްވުމަށް ރަށު ކައުންސިލުން ބޭނުން ނުވަނީހެއްޔެވެ. ނޫނީ މިކަން ކުރާ ބައެއްގެ އިހުމާލުހެއްޔެވެ. މިއީ ހައްތާވެސް އުފެދޭ ސުވާލުތަކެކެވެ.

ދިއްދޫގެ މާޒީއަށް ވިސްނާއިރު ދިއްދުއަކީ ސާފުތާހިރު ރަށެކެވެ. އަދި އެރަށުގެ އަންހެނުންނަކީ ސާފުތާހިރުކަމަށް ލޯބިކުރާ ބައެކެވެ. ކައުންސިލް އުފެދިގެން އައިފަހުން ރައްޔިތުން ކުނިކަހާ ސަރަހައްދުގެ ކުނިކެހުންވެސް މިވަނީ ސިޔާސީ ޕާޓީވެފައެވެ. އެފަހަރަކު ކައުންސިލަށް ހޮވޭ ބައެއްގެ އަޣުލަބިއްޔަތު އޮންނަ ބަޔަކަށް ކުނިކެހުންވެސްދަނީ ބަދަލުވަމުންނެވެ. ކަންހުރީވެސް މިހެންނެވެ.


ކުނިކަހަނީ އުޖޫރަ ދީގެންކަމަށްވާނަމަ އުޖޫރަ ހޯދައި ދިނުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އަދި އުޖޫރަ ނުދީ ނުވަތަ އުޖޫރަ ހޯދަން އެކަށީގެންވާ މަސައްކަތްނުކޮށް ތިބުމަކީ ރައްޔިތުންނަށް ހިދުމަތްކުރަން ހޮވާފައި ތިބި ބައެއްގެ މަގްސަދަކަށް ވެގެން ނުވާނެއެވެ.

ކޮންމެބަޔަކު ކައުންސިލަށް ހޮވުނަސް ރަށް ގޮނޑުކުރުމަކީ ވަކި ފިކުރަކަށްވީތީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކޮންމެ ފިކުރެއްގައި ތިއްބަސް ރަށް ސާފުތާހިރުކޮށް ބޭއްވުމަކީ ކައުންސިލުންވެސް އަދި ރައްޔިތުންވެސް އެދެންވާނެގޮތެވެ. އެހެންނަމަވެސް މަންޒަރު ފެންނަނީ އެހެނެއް ނޫނެވެ.