Sunday, August 26, 2018

Fenuge kh'idhumaiy libeynee kondhuvahakun

ފެނުގެ ހިދުމަތް ލިބޭނީ ކޮންދުވަހަކުން





ފަހަކަށް އައިސް ރައްޔިތުންނަށް ހިދުމަތްދިނުން ފައްޓަވައި މި ދެއްވަނީ އެ ހިދުމަތް ރައްޔިތުން އަމިއްލައަށް ލިބިގަތްފަހުން ނުވަތަ ރައްޔިތުން އަމިއްލައަށް އެހިދުމަތެއް ބޭނުން ކުރަން ފެށުމަށް ފަހުގައެވެ. އެގޮތުން ނަރުދަމާ، ތާރުއެޅިމަގު، ބަނދަރު، މިތަންތަނަކީ ނިމުމާއެކު އޮޓެމެޓިކުން ބޭނުން ކުރެވޭ ތަންތަނެވެ. އެހެންނަމަވެސް ފެނުގެ ހިދުމަތް މިވަނީ ތަފާތުވެފައެވެ.

ހިދުމަތެއްދޭން ފެއްޓެވުމަކީ އެ ހިދުމަތެއް ރައްޔިތުންނަށް ލިބެމުން ދިއުމެވެ. ނުވަތަ ލިބެން ފެށުމެވެ. ނަމަވެސް ފެނުގެ ޚިދުމަތް ލިބެން އަންނަނީ އެކަމާބެހޭ ބަޔަކު އެހިދުމަތް ފޯރުކޮށްދޭން ފެއްޓެވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫގެ ފެނުގެ ހިދުމަތްވެސް މިވަނީ ފައްޓަވައި ދެއްވާފައިވެއެވެ. ނަމަވެސް ފެނުގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ ދުވަހެއް އަދި އެގޭނެ މުވައްސަސާއެއް ނެތެވެ. ގައުމެއްގެ ރައީސަކު އެ ހިދުމަތެއް ފައްޓަވައި ދެއްވީމާ އެ ހިދުމަތެއް ރައްޔިތުންނަށް ލިބެންވާނެއެވެ. އެހެންނޫނީ މަޝްރޫއު ނުނިމެނީސް އަވަސް އަރުވާލައިގެން ހިދުމަތް ދޭންފެށިއްޔޭ ބުނާނެ ޖާގައޮންނާނެއެވެ.

ދައުލަތުގެ މުއައްސަސާތަކުންވެސް މަސައްކަތް ކުރައްވާނީ ރައީސުލް ޖޫމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުމުގެ ރޫހުގައެވެ. ޚިދުމަތެއް ފައްޓަވައި ދެއްވީ ރަމްޒީގޮތަކުން ނޫނެވެ. ނިމިފައިވާ މަސްރޫއެއްގެ ޚިދުމަތް ފައްޓަވައި ދިނުމުގެ މަގުސަދުގައެވެ.

ގިނަބަޔަކަށް ފެންނަގޮތުގައި ފެނުގެ މަސްރޫއު ހިންގިފަރާތުން މިހާރު މަސައްކަތްނިންމާ ރަށުން ފައިބައިފިއެވެ. އަދިވެސް ޚިދުމަތެއް ނުލިބެއެވެ.