Wednesday, August 8, 2018

Farudhee zinmaa adhaa kurunu.

 ކުރީގެ ވިސްނުން ދޫކޮށް މިހާރުގެ އުސޫލަށް



ދިއްދޫގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް މިހާރުވަނި ހަދާ ނިމިފައެވެ. އަދި މި މަގުތަކުގައި ހިނގާމީހުންނަށާއި ދުއްވާ ތަކެއްޗަށް ފަސޭހަވާނެހެން ނިޝާންތައްވަނީ ބެހެއްޓިފައެވެ. ހިނގާމީހުންނަށް ޚާއްސަ ކުރެވިފައިވަނީ ޕޭމަންޓް މައްޗެވެ. 

ވެހިކަލްތައް ދުއްވާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން މަގުތަކުގައި ރޮނގުން ފާހަގަކޮށްފައި އެބަހުއްޓެވެ. މަގުގެ ދެފަރާތުން އަންނަ ވެހިކަލްތައް ދުއްވުމަށް ފަސޭހަ ވާނެހެންނެވެ. އަދި ވެހިކަލް ޕާކުކުރުމަށް ޕާކިން ޒޯންތައްވެސް ހެދިފައި އެބަހުއްޓެވެ.

މިފެންވަރުގައި މަގުތައް ހެދިނަމަވެސް އަޅުގަނޑުމެންގެ ވިސްނުމުގައި އަދިވެސް ހުންނަނީ މަގު ނަހަދާއިރު ދުއްވާގޮތަށް ދުއްވުމާއި ޕާކް ކުރުމުގެ އުސޫލެވެ. ވެރިކަމުގެ ފަރާތުން ކަންތައްތައް ފަހިކޮށް ދިނީމާ ގަވައިދާ އެގޮތަށް އަމަލުކުރުމަކީ އަޅުގަނޑުމެން ދުއްވާ މީހުންގެ ޒިންމާއެކެވެ. 

ކޮންމެ ފަހަރަކު ވެރިކަމުގެ ފަރާތުން އައިސް ތި ދުއްވަނީ ނުވަތަ ޕާކުކުރަނީ ގޯހުންނޭ އެހެން ނުބުނާނެއެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން މިކަން ހައްލަށް ގެންނަން އެބަޖެހެއެވެ. 

ހިނގާމީހުންވެސް މަގުގެ މެދުން ކުދިދަރިން ގޮވައިގެން ހިނގުމަކީ މުސްތަގުބަލްގައި އެކުދިންވެސް މަގު މެދުން ހިގުމަށްދެވޭ ތަމުރީނެކެވެ. އެއްގޮތަކަށްވެސް މިއާދަ މިގޮތަށް ގެންގުޅެގެން ނުވާނެއެވެ. އެކްސިޑެންޓްވާނީ ބުނެފައެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން ހުރިހާމީހުން ވިސްނަންވީ މަގުގެ އެއްކައިރިން ޕޭމަންޓްމަތިން ހިނގުމަށެވެ. 

ތާރުއަޅާފައިވާ ބައެއް މަގުތަކުގައި ޕާކިންޒޯން ހުރިނަމަވެސް އެކަމަށް ސަމާލުކަން ނުދީ ގިނަދުވަސް ވަންދެން ޒޯން ނެތް ތަންތަނުގައި ޕާކްކޮށްފައި ބެހެއްޓުމަކީ މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިވާނެކަމެއްކަން ކޮންމެ ބޭފުޅަކުވެސް އަމިއްލަ ވިސްނުމަށް ގެންނަނިކޮށް ރަގަޅުވާނެއެވެ.