ދިއްދޫގައި އެސްޓީއޯ ފިހާރައެއް ނެތީ ކީއްވެ؟
ދިއްދޫ ގައި އެސްޓީއޯގެ ވިޔަފާރި މަރުކަޒެއް ހުރުމަކީ ދިއްދޫ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އަންނަ ހުވަފެނެކެވެ. ދިއްދޫގައި އެސްޓީއޯގެ ފިހާރައެއް ނެތުމަކީ އަތޮޅުގެ އެންމެ އާބާދީބޮޑު ދިއްދޫ ރައްޔިތުންނަށް ލިބިފައިވާ ނިކަމެތިކަމެކެވެ. އެސްޓީއޯގެ ފިހާރައެއް ދިއްދޫގައިނެތި މިހާގިނަދުވަސް ވެގެން ދިޔައީ ބޯދާ ޚިޔާލުތަކެއްގެ ސަބަބުންކަމަށް ބައެއް މީހުން ދެކެއެވެ.
ވާދަވެރި ވިޔަފާރި މާހައުލެއްގައި އަބަދުވެސް ރަގަޅުވާނީ
ރައްޔިތުންނަށެވެ. އެއީ މުދަލުގެ އަގުހެޔޮ ވުމާއި ފެންވަރު ރަގަޅު މުދާ
އިތުބާރާއެކު ލިބެންހުރުމެވެ. ސަރުކާރުގެ ވިޔަފާރި ކުންފުންޏަކުން މުދަލުގެ އަގު
ހިތައްއެރި ފަހަރަކު ބޮޑުކޮށް ނަހަދާނެއެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރުގައި
ތަކެތީގެ އަގު ބޮޑުވެއްޖެނަމަ ބަދަލު އަންނާނެއެވެ. އާންމު ވިޔަފާރިތަކުގައި މުދަލުގެ
އަގު ބޮޑުކުރާކަށް ވަކި ސަބަބެއް ނޯންނާނެއެވެ. އޭގެ މިސާލެއްގެ ގޮތުގައި ކާޑުގެ
ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ވިއްކުން ހިމެނެއެވެ.
ވާދަވެރިކަމާއެކު ފުޅާދާއިރާއެއްގައި ވިޔަފާރި ކުރުމުގެ
ފުރުސަތު ލިބުމުން އޭގެމަންފާ ކުރާނީ ރައްޔިތުންނަށެވެ. މިސާލަކަށް ދިރާގާ
އޫރީދޫން މުވާސަލާތުގެ ޚިދުމަތް ވާދަވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށް
ދިނުމުން ފެންނަމުންދާ ނަތީޖާއާމެދު ވިސްނަވާށެވެ.