Tuesday, March 7, 2017

Faadukiun

ކަންކަމުގައި ފާޑުކިޔުން


ކަންކަމުގައި ފާޑުކިޔުމަކީ އޮންނަންވާނެ ކަމެކެވެ. އަދި ކުރަންވެސް ޖެހޭކަމެކެވެ.
ފާޑުކިޔުމުގައި ދެގޮތެއް އޮވެއެވެ. އެއީ ބިނާކުރަނިވި ފާޑުކިޔުމާއި ފަނާކުރަނިވި ފާޑުކިޔުމެވެ. ބިނާކުރަނިވި ފާޑުކިޔުމަކީ ކަންކަން ރަނގަޅުކުރުމަށް ކިޔާ ފާޑުކިއުމެވެ. ފަނާކުރަނިވި ފާޑުކިއުމަކީ ކަމުގެ ދެކޮޅު ނުބަލައި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭގޮތަށް ފާޑުކިޔުމެވެ. ކޮންމެއަކަސް ކަންކަން ރަނގަޅު ކުރެވޭނީ ބިނާކުރަނިވި ފާޑު ކިޔައިގެންނެވެ.

ރަނގަޅު ކުރާނަމެހިތާ ކިތަންމެ ވަރަކަށް ފާޑުކިޔަސް މައްސަލައެއް ނެތެވެ. ބިނާކުރަނިވި ފާޑުކިޔައިގެން ގޯހެއް ނުވާނެއެވެ. ބިނާކުރަނިވި ފާޑުކިޔުމުގައި ކަންހުރިގޮތާއި އަދި އިސްލާހުކުރުމަށް ފެންނަ ޚިޔާލެއް ދިނުމާއި މިއީ ހައްތާވެސް ބަލައިގަންނަން ފަސޭހަ ކަންކަމެވެ. އެހެނަސް މަސްލަހަތު ގެއްލޭގޮތަށް ކަންކަން ހަލާކުކުރާގޮތަށް އާޑަފުރައްސާރަ ކުރުމަކީ އިސްލާހުކުރުމެއް ނޫނެވެ. އެއީ ޒާތީގޮތުން ދިމާކުރުމެވެ. ފާޑުކިޔަންވާނީ މިދެންނެވި ބިނާކުރަނިވި ޚިޔާލާ އެއްގޮތަށެވެ.